ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވިސްނުންތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ވިޝަނަރީ ބޭފުޅެއް ކަމަށް ޔާމީން ސަރުކާރުގައިވެސް އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދަކީ މި ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރެވެ. އަދި މި ސަރުކާރުގެ ގިނަ ވަޒީރުންނާއި އަދި ބައެއް މަޖިލިސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ޔާމީނާއި އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ އަށް ގެނެސްފައިވާ ތަރައްގީގެ މަޝްރޫއުތައް ވިލަރެސް ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ސިނަމާލެ ބްރިޖު ނޭޅޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެކަން ހަގީގަތަކަށް ހަދާފައި ވަނީ މިހާރުވެސް ސަރުކާރުގައި އޮތް ޓީމުން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މިއަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އޭރުވެސް އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށާއި މި ޓީމުގައި ނެތީ މަދު ބައެއް ކަމަށް ސައީދު ވިދާޅުވިއެވެ.
"ހަމަ އެއް ޕާޓީއެއް ނޫންތޯ މިއޮތީ؟ އަޅުގަނޑުމެންނަކީ ބްރިޖު އެޅި މީހުން. އެއާޕޯޓުތައް އެޅި މީހުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުޅިން އާ ޒަމާނަކަށް ގެނައި މީހުން،" ސައީދު ވިދާޅުވިއެވެ.
އެ މަޝްރޫއުތަކުގެ ވާހަކަ ސައީދު ވިދާޅުވިއިރު ރައީސް ޔާމީންގެ ނަން ނުގެންނަވާތީ ނޫސްވެރިޔާ ވަނީ އެ މަސައްކަތްތަކުގައި ޔާމީންގެ ދައުރެއް ނެތީތޯ ސުވާލު ކުރައްވައިފައެވެ.
"ނޫން ނޫން ނޫން... ރައީސް ޔާމީނަށް ހަމަ ވަރަށް ބޮޑު ކްރެޑިޓު. އެ މަނިކުފާނަކީ ވަރަށް ވިސްނުންތެރި ބޭފުޅެއް. އެ މަނިކުފާނަކީ ވަރަށް ވިޝަނަރީ ބޭފުޅެއް،" ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަފުޅުގައި އަދުގެ ރައީސް ޑރ. މުއިއްޒުގެ ހިތްޕުޅުގައި ޔާމީނަށް ވަރަށް ބޮޑު ލޯތްބެއް އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒަކީ މިހާރުވެސް އަދި އޭރުވެސް ޔާމީނަށް އެންމެ އަޅާލަން ބޭނުންވި ބޭފުޅާކަން ފާހަގަކުރެއްވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި