ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށާއި އެކަމަކު އެވީތަދުގެ ރިހުމާއި، ހަނދާން އެބަހުރި ކަމަށެވެ.
"ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީ ވެރިކަމުގައި އޮތްއިރު އެޕާޓީ ބައިބައިވެގެން ދިޔަ ދިއުމާއި ގުޅިގެން ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވަވާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދައިފައެވެ.
ޑިމޮކްރަޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދާ އެޕާޓީން ވަނީ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވުމާއި ގުޅިގެންނެވެ.
ނަމަވެސް މިހާރު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އިސް ފަރާތްތައް ވަނީ އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންފައެވެ. އަދި ނަޝީދު އަންނަނީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރަން ވެސް ނިންމަވައިފައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދު ކުރެއްވުމަށް ނަޝީދު ވަނީ ނިންމަވައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް