ގާނޫނުއަސާސީއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ސިޔާސީ ޕާޓީތަކުން މަޖިލިސް މެންބަރުން ވަކިކުރެވޭނެ ހަމަތަކާއި އިޖުރާއަތްތައް ކަނޑައަޅާ ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ހާމަކުރައްވައިފިއެވެ.
މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން، އިންތިހާބުވި ޕާޓީއާ ގުޅޭ ހަތަރު ހާލަތެއްގައި މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީން މެންބަރަކު ވަކިކުރުމެވެ.
ނަމަވެސް، މި މާއްދާގައި ބުނާ ގާނޫނު އަދި ވުޖޫދުވެފައި ނުވާތީ، އެ މާއްދާ އަމަލީ ގޮތުން ހިންގޭނީ އާ ގާނޫނެއް ފާސްކުރުމުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ކުރިން ވެސް ވަނީ ފާހަގަކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، މި ބިލު ހުށަހެޅުން ލަސްވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުގައި މައްސަލައެއް ހިނގަމުންދާތީ ކަމަށެވެ. އެހެންނަމަވެސް، އެ އިސްލާހަކީ ސައްހަ އެއްޗެއް ކަމަށް ކޯޓުން މިހާރު ނިންމާފައިވާތީ، ބިލުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި މަޖިލީހަށް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އާ އުސޫލުތައް ތައާރަފްކުރާނީ މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. މީގެ ބޭނުމަކީ އެންޓި-ޑިފެކްޝަން އުސޫލުގެ ދަށުން ޕާޓީތަކުން މެންބަރުން ވަކިކުރާނެ ގޮތުގެ ތަފްސީލީ އިޖުރާއަތްތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ: އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުން، އެހެން ޕާޓީއަކާ ގުޅުން، ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީން ވަކިކުރުން، އަދި އަމިއްލަ ގޮތުން ހޮވޭ މެންބަރަކު އެ ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކުރުމެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް