މާލެއާއި، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ ފެންވަރާ މެދު އެއްވެސް ވަރަކަށް ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް އިއްޔެ ވިލިމާލޭގައި ހުންނަ ސައިޓަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވިދާޅުވީ، އިންޑިއާ ސަރުކާރާއި އެ މަޝްރޫއު ކުރިއަށްގެންދާ އެފްކޮންސް ކުންފުންޏާ ގުޅިގެން، މަސައްކަތް ހުއްޓުމެއް ނެތި އަވަހަށް ނިންމުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ދިން އެހީތެރިކަމާ އެކު މިހާރު މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ތިލަފުއްޓާ ހަމައަށް ބްރިޖު އެއްކޮށް ގުޅާލުމެވެ.
މީގެ އިތުރުން، ބްރިޖުގެ ބައެއް ދިމާލުގައި ގުދުތަކެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް އޭނާ ޖަވާބު ދެއްވިއެވެ.
މުއްތަލިބް ވިދާޅުވީ މިއީ ހަމައެކަނި ކުރެހުމެއް ނޫން ކަމަށާއި، މިއީ ވަރަށް ބޮޑަށް އިންޖީނިއަރިން ފަރުމާ ކުރެވިގެން ހިންގާ މަޝްރޫއެއް ކަމަށެވެ. ދުރުން ބަލާއިރު ފެންނަ ގޮތަކީ ހީވާ ހީވުމެއް (އިލޫޝަނެއް) ކަމަށާއި، ވަކިވަކި ބައިތަކެއް ގުޅުވައިގެން ހަދާ މިފަދަ އޮނިގަނޑެއްގައި އެފަދަ އައިބެއް ހުރި ނަމަ ބައިތައް އެއްވަރު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތް ނިމޭއިރު މި ބްރިޖު ވެގެންދާނީ އިންޖީނިއަރިންގެ ފުރިހަމަ ނަމޫނާއަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު މި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަންނަ އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ދީފައެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ މި ބިޔަ މަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނަކާއި، އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.
މާލެއާއި، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ ފެންވަރާ މެދު އެއްވެސް ވަރަކަށް ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ވިލިމާލޭގައި ހުންނަ ސައިޓަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވިދާޅުވީ، އިންޑިއާ ސަރުކާރާއި މި މަޝްރޫއު ކުރިއަށްގެންދާ އެފްކޮންސް ކުންފުންޏާ ގުޅިގެން، މަސައްކަތް ހުއްޓުމެއް ނެތި އަވަހަށް ނިންމުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ދިވެހި ސަރުކާރުން ދިން އެހީތެރިކަމާ އެކު މިހާރު މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ތިލަފުއްޓާ ހަމައަށް ބްރިޖު އެއްކޮށް ގުޅާލުމެވެ. މީގެ އިތުރުން، ބްރިޖުގެ ބައެއް ދިމާލުގައި ގުދުތަކެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް އޭނާ ޖަވާބު ދެއްވިއެވެ. މުއްތަލިބް ވިދާޅުވީ މިއީ ހަމައެކަނި ކުރެހުމެއް ނޫން ކަމަށާއި، މިއީ ވަރަށް ބޮޑަށް އިންޖީނިއަރިން ފަރުމާ ކުރެވިގެން ހިންގާ މަޝްރޫއެއް ކަމަށެވެ. ދުރުން ބަލާއިރު ފެންނަ ގޮތަކީ ހީވާ ހީވުމެއް (އިލޫޝަނެއް) ކަމަށާއި، ވަކިވަކި ބައިތަކެއް ގުޅުވައިގެން ހަދާ މިފަދަ އޮނިގަނޑެއްގައި އެފަދަ އައިބެއް ހުރި ނަމަ ބައިތައް އެއްވަރު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސައްކަތް ނިމޭއިރު މި ބްރިޖު ވެގެންދާނީ އިންޖީނިއަރިންގެ ފުރިހަމަ ނަމޫނާއަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު މި މަޝްރޫއުގެ 72 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަންނަ އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެއާ ދެމެދު ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ދީފައެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާ މި ބިޔަ މަޝްރޫއަށް ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނަކާއި، އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ