ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ޗެއަރޕާސަން ކެމްޕެއިން"ގެ ތަރުޖަމާނަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) މިއަދު ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދިއްދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ވައްޑެ އެ މަގާމަށް ހަމަޖެއްސެވިކަން ރައީސް މުހައްމަދު ނަޝީދު ވަނީ ސޯޝަލް އާންމުކޮށް އިއުލާން ކުރައްވާފައެވެ.
ވައްޑެ އަކީ ސިޔާސީ ދާއިރާގައި އަދި ހާއްސަކޮށް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ތަރުޖަމާނުކަން ކުރެއްވީ ވައްޑެއެވެ. މީގެ އިތުރުން، ޕާޓީގެ ޗެއަރޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން، ވަގުތީ ޗެއަރޕާސަންގެ މަގާމަށް ވައްޑެ ވާދަކުރެއްވިއެވެ. އެ އިންތިހާބުން އޭނާ ނާކާމިޔާބުވީ އެންމެ ދެ ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ސިލްސިލާ މުޒާހަރާތަކާއި ޕާޓީގެ އެކި ހަރަކާތްތަކުގައި ވައްޑެ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ބާއްވާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އެމްޑީޕީގެ 49,207 މެމްބަރުންނަށެވެ.
ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދުގެ އިތުރުން ދެން ވާދަ ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމް އާއި ލ. ފޮނަދޫ، ހުދުވިލާގެ، އިބްރާހިމް މުހައްމަދު (ވާޑު)އެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް