ވިދާ ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.
ސޯޝަލް މީޑިއާގައި އެންޑީއެމްއޭ އިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ހިއްސާކޮށްފައެވެ.
ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން:
- ހާމަ ފެންޑާތަކާއި ބެލްކަނީ ފަދަ ތަންތަނަށް ނުނިކުމެ އިމާރާތުގެ އެތެރޭގައި މަޑުކުރުން
- ބޭރުގައި އުޅޭނަމަ އުސް ތަންތަނާއި ގަސްގަހުގެ ދަށުގައި ހިޔާނުވުން
- ކަރަންޓުން ބޭނުންކުރާ ސާމާނު ނިއްވާލައި ޕްލަގްތައް ނައްޓާލުން
- ފެންބޮޑުވެފައިވާ ހިސާބުތަކާއި ދަގަނޑު އެއްޗެހީގައި އަތްލުމުން ދުރުހެލިވުން
މޫސުން ގޯސްވާނެތީ މިއަދު ހެނދުނު 10 އަކުން މެންދުރުފަހު 1 ޖަހަންދެން ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ރީނދޫ އެލާޓް ނެރެފައެވެ.
އަދި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ