ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހަތް ދާއިރާއަކުން ގުޅިގެން މަސައްކަތް ކުރުމަށް މިއަދު އެމްއޯޔޫތަކެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ ރައީސުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.
މި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލަންކާގެ ކެބިނެޓުންވެސް ކުރިން ވަނީ ފާސްކޮށްފައެވެ.
ސޮއިކުރެވުނު ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، އާކައިވްސް، ތައުލީމީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުން، ކުޅިވަރާއި ޒުވާނުން، ދިފާއީ ކަންކަން، އަދި ދިފާއީ ދާއިރާގެ ދިރާސާތަކާއި ތައުލީމީ ކަންކަން ހިމެނެއެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދު ހެނދުނު ލަންކާގެ ރައީސް އޮފީހުގައި ރައީސްގެ ދެކަނބަލުންނަށް ވަނީ ރަސްމީ މަރުހަބާއެއް ދަންނަވާފައެވެ. މިގޮތުން 21 ބަޑީގެ ސަލާމެއް އަރުވައި، ދެ ގައުމުގެ ގައުމީ ސަލާމް ކުޅުމާއި، އިސް ބޭފުޅުން ތައާރަފްކުރުން އޮތެވެ. މަރުހަބާ ދެންނެވުމުގެ ހަރަކާތްތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބާއްވާފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް