ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކުރުމުން ނުވަތަ ވަކިވުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އިސްލާހުގެ މައްސަލައިގެ ހުކުމް އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
ދެހާސް ސައުވީސް ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހުކުރީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ.
އެ އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އިހްތިޖާޖް ވެސް ކުރި އެވެ. ނަމަވެސް އެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ކޮންޓްރޯލްކުރާ ޕީއެންސީން އެ އިސްލާހު ދިފާއުކުރި އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް އެ ގާނޫނު ފަހުން ވަނީ އުވާލައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ