މާލޭގެ މޭޔަރު އާދަމް އާޒިމަށް ރޭ ބަޔަކު ދިން ހަމަލާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކުށްވެރި ކުރައްވައިފިއެވެ.
އިބޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެ ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
"އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެކެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެކެވެ،" އިބޫ ވިދާޅުވިއެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވަނީ އެ ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން އިހުތިޖާޖު ކުރަމުން ދަނީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށާއި ސަރުކާރުގެ އަމަލުތައް ވެސް ހުންނަން ވާނީ އަނިޔާ ނުކޮށް ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހުންނާއި ސުވާލުކޮށްފައިވީ ނަމަވެސް އެކަމާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން