މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން، އަމީނީ މަގުގައި ތާރުނާޅާ ބާކީ އޮތް ބައިގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މަސައްކަތާ ގުޅިގެން އަމީނީ މަގާ ގުޅިފައިވާ ބައެއް ކުދި މަގުތަކާއި ގޯޅިތައް ބަންދުކުރުމުގެ އިތުރުން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބަންދުކުރުމަށް ނިންމާފައިވާ ސަރަހައްދުތަކަކީ:
އަމީނީ މަގުގެ ހަނދުވަރީ ހިންގުމާއި ބޮޑުތަކުރުފާނު މަގާ ދެމެދު،
އިއްޒުއްދީން މަގުގެ ބުރުޒުމަގާއި އުޖާލާ ހިނގުމާ ދެމެދު،
ޝަހީދު އަލީ ހިނގުމުގެ ބުރުޒު މަގާއި އަމީނީ މަގާ ދެމެދު،
އަދި ކަނބާ އައިސަ ރަނި ހިންގުމުގެ ބުރުޒު މަގާއި އަމީނީ މަގާ ދެމެދު އޮތް ސަރަހައްދު
މީގެ އިތުރުން، ބުރުޒުމަގު 341 ނަމްބަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް، ހުޅަނގުން އިރަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިހާރު ކުރިއަށްދާ މި މަޝްރޫއުގައި ބާކީ އޮތް 12 ވަނަ އަދި 13 ވަނަ ސެގްމެންޓުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ. މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި ސަރަހައްދަކީ އާންމުކޮށް ވަރަށް ބާރުބޮޑު ސަރަހައްދެކެވެ.
އެ ސަރަހައްދުގައި ހާބަރު ފުޑްކޯޓުތަކާއި، ވިޔަފާރިވެރިންގެ މިސްކިތާއި، ދިރާގު ހެޑް އޮފީހުގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލާއި ދެ ސްކޫލެއް ހުރުމާއެކު، މަގު ބަންދުވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި