ސިލްސިލާ ގޮތެއްގައި އިދިކޮޅު އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ އިހުތިޖާޖުގެ ތެރެއިން މިރޭ ބާއްވާ އިހުތިޖާޖުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ނަޝީދު ވަނީ ދާދިފަހަކުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ވެސް ނިންމަވައި އެކަން އިއުލާން ކުރައްވާފައެވެ.
އެމްޑީޕީން ވަނީ ސަރުކާރުން މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ބަޔާންކޮށް، އެ ކަންކަމަށް ގޮވާލައި މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ފަށައިފައެވެ.
އެ ގަރާރުގައި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން އިތުރުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމާއި، އަދި ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަކުރުން ފަދަ 10 މައިގަނޑު ކަމެއް އިސްލާހުކުރަން ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުން ހުއްޓާލުމަށާއި، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށާއި، އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ޖޭއެސްސީގެ މިނިވަންކަން ކަށަވަރުކުރުމަށްވެސް އެމްޑީޕީން ވަނީ ބާރުއަޅާފައެވެ.
މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމާއި، ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލައި އީޕީއޭއަށް ފުރިހަމަ ބާރު ދިނުމަކީވެސް މި ގަރާރުގައި ހިމެނޭ މުހިންމު ނުކުތާތަކެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭނެ ނިޒާމެއް ބައްޓަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް