ރާއްޖެ އާއި އަވަށްޓެރި އިންޑިއާގެ ވިޔަފާރިއާ ބެހޭ ކައުންސިލެއް އުފެއްދުމަށް ނިންމަައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި "މޯލްޑިވްސް - އިންޑިއާ ބިޒްނަޒް އެންގޭޖުމަންޓް ސީރީޒް"ގެ ބައްދަލުވުމަށްފަހުއެވެ.
އެ ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސޯދީ ތަސައްވުރާ އެއްގޮތަށް، މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކޮށް އައު ފުރުސަތުތައް ފަހިކުރުމަށްޓަކައި، ބޭއްވި ބައްދަލުވުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
އެ ބައްދަލުވުމަކީ އިގްތިސޯދާއި ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި، އިންވެސްޓް މޯލްޑިވްސް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގުޅިގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ ސަރުކާރާއި އަމިއްލަ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި، ނަތީޖާ ނެރެދޭނެ ފަދަ ހަރުދަނާ އިގްތިސޯދީ ގުޅުމެއް ދެމެހެއްޓުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުން ނިންމާލީ، ދެ ގައުމުގެ އަމިއްލަ ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރަސްމީ "މޯލްޑިވްސް–އިންޑިއާ ބިޒްނަސް ކައުންސިލް" އެއް އުފެއްދުމަށް ނިންމުމަށްފަހު ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ-އިންޑިއާ ވިޔަފާރިއާ ބެހޭ ކައުންސިލެއް އުފައްދަނީ
އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވާ ދަތިތަކާއި ގުޅިގެން މަޝްވަރާކޮށްފި
ކެމްޕެއިންތަކާއި ގުޅިގެން ވަޒީފާއެއް ދެން ނުދޭނަން: ރައީސް
ޑީޖޭއޭ ޖޭއެސްސީގެ ދަށުގައި އޮތް އޮތުން ބަދަލުކުރަނީ
ބްރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ކުރެހުމާއި އެއްގޮތަށް: އެފްކޮންސް