އަލަށް އިންތިހާބުވި ކައުންސިލްތަކުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާނަމަ އެކަންކަން ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުން ތަރައްގީ އަށް ހުރަސް އަޅާނަމަ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެމަނިކުފާނު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވާނެ ކަމަށެވެ.
"ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން، އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ޚިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް، އެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އަލަށް އިންތިހާބުވެ އިދިކޮޅު އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިފައިވާ މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އިންތިހާބީ ކައުންސިލަރުންގެ ފަރާތްޕުޅުން ފެންނަނީ މަގުތައް ހަލަބޮލިކުރާ މަންޒަރުތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"ވޯޓުދިނީ އެކަން ކުރާކަށް ނޫން، ވޯޓުދިނީ ރައްޔިތުންގެ ފަރާތުން ގޮސް ކައުންސިލާ ހަވާލުވާ ދުވަހުން، ނޫނީ ޑަބްލިއުޑީސީއާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސައްކަތެއް ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިރޭވެސް ވަނީ ހުރިހާ ކައުންސިލުތަކާއި ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް މީގެކުރިން ވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅާއި ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީ ހަމަހަމަވާނެ ކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ