އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް)ގެ ސްކޮލާޝިޕް އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިންޑިއާގެ އައިސީސީއާރު އިން ރާއްޖެއަށް ދީފައިވާ 20 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި، އެޕްލައި ކުރެވޭނެ ދާއިރާތަކުގެ އިތުރުން އިތުރު ތަފްސީލީ މައުލޫމާތު ހަޔާ އެޑިއުކޭޝަންގެ ރަސްމީ ވެބްސައިޓުންނާއި ކަނޑައެޅިފައިވާ ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.
މި ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ ދަރިވަރުން ކުރިމަތިލުމަށް ކުރިން ދީފައިވާ މުއްދަތަކީ މިދިޔަ ބުދަ ދުވަހެވެ.
އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އައިސީސީއާރް ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
އެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 22ގެ ނިޔަލަށް ކަމަށް އެ ޕޯސްޓުގައިވެއެވެ.
މި ސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ ސްކޮލާޝިޕް ދޭ ފަރާތުންނެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ޚާއްސަ ލައިސެންސެއް ބޭނުންވާ ދާއިރާތަކުން (ސިއްހީ ނުވަތަ އިންޖިނިއަރިން ފަދަ) ކޯސް ހެދުމަށް ހޮވޭ ދަރިވަރުން، ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ ކައުންސިލްތަކުން ނުވަތަ އިދާރާތަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށްވެސް ހަޔާ އެޑިއުކޭޝަނުން އިލްތިމާސް ކޮށްފައިވެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި