ރާއްޖޭގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރ އަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް 2026 އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ އިދާރާ އިން ބުންޏެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ކުއްޖާ އަކީ ގުރޭޑު 11ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އެކުއްޖާ ޑޮކްޓަރަށް ދެއްކީ އާދަޔާ ހިލާފު ގޮތްތަކެއް ވަމުން އަންނާތީ އާއިލާގެ އެހީތެރީކަމާއެކުގައެވެ.
އެކުއްޖާ ބަލިވެ އިންކަން އެނގުނީ ސްކޭން ކުރުމުން ކަމަށާއި އާއިލާ އަށްވެސް އެކަން އެނގުނީ އޭގެފަހުން ކަމަށްވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ