އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ފާސްކުރި ގަރާރެއްގައި، ސަރުކާރުން މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ބަޔާންކޮށް، އެ ކަންކަމަށް ގޮވާލައި މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި މި ގަރާރުގައި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން އިތުރުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމާއި، އަދި ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަކުރުން ފަދަ 10 މައިގަނޑު ކަމެއް އިސްލާހުކުރަން ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުން ހުއްޓާލުމަށާއި، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށާއި، އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ޖޭއެސްސީގެ މިނިވަންކަން ކަށަވަރުކުރުމަށްވެސް އެމްޑީޕީން ވަނީ ބާރުއަޅާފައެވެ.
މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމާއި، ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލައި އީޕީއޭއަށް ފުރިހަމަ ބާރު ދިނުމަކީވެސް މި ގަރާރުގައި ހިމެނޭ މުހިންމު ނުކުތާތަކެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭނެ ނިޒާމެއް ބައްޓަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި، ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ފާސްކުރި މި ގަރާރަކީ ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެކެވެ. މި ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅާނަމަ، އިހުތިޖާޖުތައް ކުރިއަށް ގެންދާނެކަމުގެ އެ ޕާޓީން ވަނީ ދީފައެވެ.
އެ ނިންމުމާ އެކު، ރޭގެ ވަގުތެއްގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ވަނީ މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ