ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ސަރުކާރު ޕާޓީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް، އެ ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން ނިންމަވައިފިއެވެ.
ސިނާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި، ވާދަކުރުމަށް، ނިންމާފައިވާ ކަމަށެވެ.
އެ އިންތިހާބުގައި އޭނާއަށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހްލާސްތެރި އެއްބާރުލުމަށް އޭނާ ވަނީ އެދިފައެވެ.
ސިނާންގެ ގޮނޑި ގެއްލުނީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
އެ ބައި އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 29ވަނަ ދުވަހާ ހަމައަށް ވަނީ އިލެކްޝަންސް ކޮމިޝަނުން ވެސް ފުރުސަތު ހުޅުވާލައިފައެވެ. އިލެކްޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 26ވަނަ ދުވަހު މި އިންތިހާބު ބޭއްވުމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި