ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 9 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.
މި ވަޒީރުންތައް އިސްތިއުފާ ދެއްވަވާފައި މިވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ސާފެއް ނޫނެވެ. އެންމެ ފުރަތަމަ މިއަދު އަޑު އިވިގެން ދިޔައީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަގާމުން ވަކިކުރެއްވި ހަބަރެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަލީލް މަގާމުން ވަތްކެއް ނުކުރެއެވެ. އެމަނިކުފާނު ވެސް އިސްތިއުފާ ދެއްވެވީއެވެ.
އިސްތިއުފާ ދެއްވި އެހެން ވަޒީރުން:
- ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
- އެނިމަލް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ސިޓީތަކާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް
- ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
- ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް
- އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ