ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ފަހުމީ ހަމަޖައްސައިފިއެވެ.
ފަހުމީ އަކީ މި ސަރުކާރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެންމެ ފުރަތަމަ ހަމަޖެއްސެވި ބޭފުޅާއެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކޮށް ފަހުން ރައީސް އޮފީހަށް ބަދަލުކުރިއެވެ.
ރައީސް އޮފީހުގައި މިނިސްޓަރު ފެންވަރުގެ މަގާމެއްގައި އޭނާ ހުންނަވާތާ މަސްތަކެއްވެއްޖެއެވެ.
ފެން ކުންފުންޏަށް އޭނާ ހަމަޖައްސާފައި މިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ