ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ސާބިތުނުވާ ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނީ އެ އޮފީހުން ހައިކޯޓުގައި އެދިފައި ވާނީ އެ މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.
އެއީ މަދަނީ ޠަބީޢަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅުއްވާފައި ވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ދިނުމާއި، އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށްވެސް ޕީޖީން ބުންޏެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީ ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން މިއަދު ހައިކޯޓަށް ހުށަހެޅުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް އެ ކޯޓުން ނެރެދީފައިވާ ކަމަށްވެސް ޕީޖީން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި