ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލެއިން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު ހުޅުވާލި އެ ފުރުސަތުގައި އެންމެ ފުރަތަމަ އޮތީ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ މި މަހުގެ މަހުގެ 17 ވަނަ ދުވަހު ހަމަވާ ގޮތަށެވެ. އަދި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާޗު މަހުގެ ހަތަރުވަނަ ދުވަހަށް ހަމަވާ ގޮތަށް ކުރިން އޮތެވެ.
ނަމަވެސް ފްލެޓާއި ގޯއްޗަށްވެސް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ ނިޔަލަށް ކަމަށް ފަހުން ނިންމިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 31ވަނަ ދުވަހުގެ ރޭ 23:59އަށް ހަމަވާ ގޮތަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ޖުމްލަ 7500 ހައުސިން ޔުނިޓާއި 15000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި