ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.
ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި އަލީ އާރިފް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އޭނާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވެސް ވަނީ "ހަތާވީސް" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ އާއިލާ ގޮތުން ވެސް ގާތް އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވަވާފައި މިވަނީ ކޮން ސަބަބަކާއި ހެދި ކަމެއް ނޭނގެއެވެ.
އޭނާ އަކީ ޕީޕީއެމް އޮތްއިރު އެޕާޓީގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އަދި ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަވާ ގިނަ ދުވަސްތަކެއް ވަންދެން އެޕާޓީގައި އޭނާ މަސައްކަތް ކުރެއްވިއެވެ.
އަލީ އާރިފް ވަނީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ