މިދިޔަ މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވުން ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް އޮތް ތަނުގައި ވެސް ބައްދަލުކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިދިޔަ މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ރައީސް ވަނީ އެއްވެސް ދަތުރެއް ނުވަތަ ރަސްމީ އިތުރު ކަމެއް ނެތް ނަމަ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހަކީ ސީދާ ނޫސްވެރިންނާއި ރައީސް ބައްދަލުކުރައްވާނެ ދުވަސް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އުމްރާގެ އަޅުކަމަށް ދާދިފަހުން ސައުދީއަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވި ނަމަވެސް މިއަދު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވެއެވެ. ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ވާހަކަ ދަންނަވާ ކަމަށެވެ.
"ވީމާ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް ދަންނަވަމުން ގެންދާނަމެވެ" ހީނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް ގަޑިއިރަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި