ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ) އަށް އެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ތާއީދު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 19ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަސްލަމް ވަނީ ސޯބެގެ ނިންމެވުމަށް މަރުހަބާ ދަންނަވައިފައެވެ. އަދި ސޯބެއަށް އަސްލަމްގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސޯބެ އެ ދާއިރާއަށް ވާދަކުރައްވަން ނިންމެވުމަކީ އުފާވެރި ހަބަރެއް ކަމަށް ވިދާޅުވެފައެވެ.
ސޯބެއަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރެވެ. އޭނާ ވަނީ 10 އަހަރު ދުވަސް ވަންދެން އެ ސިޓީގެ މޭޔަރުކަން ކުރައްވައިފައެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ސޯބެ ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ