ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް މާދަމާ އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މާދަމާ ރޭ 21:00ގައި އޮންނަ އެ ބައްދަލުވުމުގެ އެޖެންޑާ އަކީ މިހާރު އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ދެފަރާތުން އެއްބަސްވެފައިވާ ކަންތައްތަކެއް ގައުމީ މަޖިލީހަށް ހުށަހަޅާ ގޮތެއް ނިންމުމެވެ.
އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށްވެސް ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޕާޓީން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އައިސްފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަމުން ފުރުސަތު ނުދެއްވަން ނިންމި ހިސާބުންނެވެ.
އެއާއެކު ނަޝީދު ވަނީ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް ނަޝީދަށް ހާއްސަކޮށްފައިވާ ގޮނޑިއެއް އެ ޖަލްސާގައި ހުއްޓެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވެސް ހާއްސަކޮށްފައިވާ ގޮނޑިއެއް ހުރި ނަމަވެސް ފައްޔާޒުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެއަށްފަހު އެކިއެކި ބޭފުޅުން ބަހުގެ ހަމަލާތަކެއް ރައްދު ކުރިއެވެ. އަދި ދެން މަސައްކަތް ފެށީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމުގެ މަސައްކަތެވެ.
އެގޮތުން 55 މެންބަރުންގެ ސޮއި ހޯދުމަށްފަހު އެ މައްސަލަ ވަނީ ހުށަހަޅައިފައެވެ. މައްސަލައަށް ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ގައުމީ މަޖިލިސް ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ