މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުންދިޔަ ''އުދަރެސް'' ނަމަކަށް ކިޔާ މުދާއުފުލާ ބޯޓު ފަރަށް އެރި ހާދިސާގައި ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
ދރ ދިވެހިންނާއި 10 ބިދޭސީން ދަތުރުކުރި މި ބޯޓު ލ.އަތޮޅު ސިކްސެންސް ލާމު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:21 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.
އެ މީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިންނާއި މޯލްޑިވްސް ފޮލިސް ސާރވިސް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަދި އެ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ