ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެ މަގާމުން ވަކިކުރެއްވުމަށްފަހު އަލުން އޭނާގެ މަގާމު އިޔާދަކޮށްފިއެވެ.
ސަލްމާ އަކީ މާފަންނު މެދު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޯފުޅެވެ.
ސަލާމް އެ މަގާމުން ވަކި ކުރެއްވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީ އަށް ވޯޓު ނުދޭން ބާރު އަޅާ ގޮތަށް އަސްމާ އެހެން މީހަކާ ދެއްކި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވަނިކޮށެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ސަލްމާގެ މަގާމު ވަނީ އަލުން އިޔާދަކޮށްފައެވެ.
ސަލްމާއާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ސަލްމާގެ މަގާމު އިޔާދަކުރި ނަމަވެސް މުންދުގެ މަގާމެއް އިޔާދައެއް ނުކުރެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ