ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ބުނީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ފަރުހާދު ފިކުރީ މިހާރުވެސް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި، ފުލުހުންގެ މުއައްސަސާގެ ހިދުމަތުގައެވެ.
ފަރުހާދަކީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި މީގެކުރިން ހުންނެވި އިސްމާއީލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމުން ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވި ބޭފުޅާއެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލުމުން ފަރުހާދުވެސް އެ މަގާމަށް ކުރިމަތިލެއްވި ކަމަށްވެއެވެ.
އެހެންނަމަވެސް ފަރުހާދަށް އެ މަގާމު ލިބިވަޑައިނުގަންނަވާ އެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު މުހައްމަދު (ޓޫފޯ)އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ