ފެން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝާހިދުވެސް މަގާމުން ވަކިކޮށްފިއެވެ.
ޝާހިދު އެ މަގާމުން ވަކިކުރީ އެކުންފުނީގެ ބޯޑުންނެވެ. ޝާހިދަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ކުންފުންޏަށް އައްޔަންކުރެއްވި ބޭފުޅެކެވެ.
ޝާހިދު މަގާމުން ވަކިކުރެއްވި ސަބަބެއް ނޭނގެއެވެ. ނަމަވެސް އޭނާ ވަކިކުރިކަން "މިހާރު" ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ޕާޓީ ޕީއެންސީ އަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފައެވެ.
ބަލި ގަބޫލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިއަދު ބައެއް ކުންފުނިތަކުގެ ވެރިން އަންނަނީ މަގާމުން ވަކިކުރައްވަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ