ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މަގާމުން ވަކިކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި މި ވާހަކަތައް ދައުރުވާން ފެށުމާއެކު "ހަތާވީސް" އިން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދާ އެ ސުވާލު ކުރުމުން އެކަމަނާ ވެސް ވަނީ އެއީ ތެދު ހަބަރެއްކަން ކަށަވަރު ކޮށްދެއްވައިފައެވެ.
މީގެއިތުރުން ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކުރައްވައިފައެވެ.
މި ދެބޭފުޅުންގެ ތެރެއިން މުންދު އަކީ މާފަންނު މެދު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ސަލްމާ އަކީ އަސްމާގެ ކޮއްކޮއެވެ.
ކުއްލިއަކަށް މި ދެ ބޭފުޅުން މަގާމުން ވަކި ކުރައްވާފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީ އަށް ވޯޓު ނުދޭން ބާރު އަޅާ ގޮތަށް އަސްމާ އެހެން މީހަކާ ދެއްކި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ