ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މ.ގުލްބަހާރުގެ، އަހްމަދު މުހައްމަދު، މިއަދު އައްޔަންކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަހްމަދު މުހައްމަދު އައްޔަންކުރެއްވިއިރު އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާއި ގުޅިވަޑައިގެންނެވީ 1995 ވަނަ އަހަރުއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި ޑިޕާޓުމަންޓުތަކުގައި މަސައްކަތް ކުރައްވާފައެވެ.
އޭގެ ތެރޭގައި، އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޑިވަލޮޕްމަންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑު ފަދަ ޑިޕާޓުމަންޓުތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ