ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، 2026-27 ވަނަ އަހަރަށް ބޭނުންވާ ޒަރޫރީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ކޮމިޝަނުގެ ބަޔާނުގައި މި ކޯޓާގެ ތެރޭގައި ހިމެނޭ ހަނޑުލުގެ މިންވަރު ވަނީ 77 ޕަސެންޓު އިތުރުކޮށްފައެވެ. އަދި މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި މިފަދަ ހާއްސަ އިންތިޒާމެއް ގާއިމުކުރި ފަހުން، ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް ދީފައިވާ އެންމެ ބޮޑު ކޯޓާގެ ގޮތުގައިވެސް ވަނީ ފާހަގަކޮށްފައެވެ.
އެކްސްޕޯޓް ކުރަން ހުއްދަ ދީފައިވާ މުދާ:
ކާބޯތަކެތި: ހަނޑޫ، ހަކުރު، ފިޔާ، އަލުވި، ކުކުޅުބިސް، މުގު، އަދި ގޮދަން ފުށް.
އިމާރާތްކުރުމަށް ބޭނުންވާ ތަކެތި: ހިލަ އަދި ހިލަވެލި.
ހައި ކޮމިޝަނުގެ ބަޔާނުގައި ވަނީ މި ތަކެތި އެއްވެސް ހުރަހެއް ނެތި ރާއްޖެ އަށް ލިބިގެން ދާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.
މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން ދިން ލުޔެއް ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އިތުރުކުރުމަކީ ރާއްޖޭގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތުގައި އޮތް އަވަށްޓެރި ގައުމަށްވާއިރު އެގައުމުން އަންނަނީ ރާއްޖެ އަށް އެކިއެކި ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް މާލީ ގޮތުންވެސް ގިނަ އެހީތަކެއް މިފަހުގެ ތާރީހުގައިވެފައިވެއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި