މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުން ހުޅުމާލޭގައި ތަރައްގީ ކުރާ ފުރަތަމަ ޕާކިންގް ބިލްޑިންގެ ބިންގާ އަޅައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ފޭސް އެކެއްގައި އޮތް އެ ރަސްމިއްޔާތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އެ މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީންއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން، ޕްރައިވެޓް ސެކްޓާ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީއެސްއައިޕީ) އުސޫލުން، ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެންއެކްސްޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، ފެށި އެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ތޭރަ ފަންގިފިލާގެ އެ ޕާކިން ބިލްޑިންގަކީ، 4 ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިން ބިލްޑިންގެކެވެ.
މިއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެ، ޕާކުކުރެވޭނެ ސަރަހައްދު ނުލިބި، އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ގަރާޖު ނުލިބޭ ހާލަތު ބަދަލުކުރެއްވުމަށް ރައީސް މުއިއްޒު ރާއްވަވާފައިވާ ރޭވުންތަކުގެ އަމަލަކީ މަސައްކަތްތަކުގެ ފެށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ގްރޭޓާ މާލޭ އޭރިއާގެ އާބާދީ އިތުރުވަމުންދިއުމާއެކު، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިން ބިލްޑިންގް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ބާކީ އޮތް 6 ބިލްޑިންގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާއެވެ.
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް