މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 48 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ޓްރޭނީން ހޯދުމަށް އިއުލާންކޮށްފިއެވެ.
ކަސްޓަމްސް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަގާމަށް ހޮވޭ މުވައްޒަފުންގެ އަސާސީ މުސާރަ އަކީ 5،000 ރުފިޔާ ކަމަށެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާ އާއި ހާޒިރީ އިނާޔަތުގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ ލިބިގެން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާ އެއްގޮތަށް، ކޮއްތު ފައިސާއާއި، އިތުރުގަޑީގެ ފައިސާ އާއި، ބަންދު ފައިސާ އާއި، އެހެނިހެން އިނާޔަތްތައް ލިބޭނެ ކަމަށްވެސް ބުންޏެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަގާމަށް ހޮވޭ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ ކަސްޓަމްސްގެ އޮފީސްތަކުގައި ކަމަށެވެ.
މަގާމުގެ ޝަރުތު:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛
- ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛
- ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކުރަންޖެހޭ މަސައްކަތަކީ ކަސްޓަމްސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
ކަސްޓަމްސް އިން ބުނީ އެ މަގާމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަންވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 23:00ގެ ކުރިން އެ އޮފީހުގެ [email protected] މެދުވެރިކޮށް ކަމަށެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި