ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތަށް ބޮޑު ހަރަދެއް ސަލާމަތް ކުރެވޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބުހުތާނު ބޮޑު ދޮގެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުކުންނާނެ ނަތީގެ "ދެފަރާތް" ހާމަކުރުމަށް ޕޮލިސީއެމްވީ އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަންޑޭ ވަނީ 2023ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ހަރަދުކުރި ފައިސާގެ ތަފްސީލުތައް ހިއްސާ ކުރައްވަވާފައެވެ.
އޭނާ ވިދާޅުވީ އެ އަހަރު ރިޔާސީ އިންތިހާބަށް ހަރަދު ކޮށްފައި ވަނީ 85 މިލިއަން ރުފިޔާ ކަމަށެވެ. 2024ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބާއެކު ޖުމްލަ އެ ދެ އިންތިހާބަށް ހަރަދު ކޮށްފައި ވަނީ 147 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
މިއީ 2026 ވަނަ އަހަރު، އަޅުގަނޑުމެން މިހާރު ފާސްކޮށްގެން މި ހިނގާ ބަޖެޓަށް ބަލާ ނަމަ އެ ބަޖެޓުގެ އެންމެ އިންސައްތައެއްގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ކުޑަމިންވަރެއް ކަމަށްވެސް އަންޑޭ ފާހަގަކުރެއްވިއެވެ.
"ސަތޭކަ ސާޅީސް ހަތް މިލިއަންގެ ހަތަރުބައިކުޅަ އެއްބަޔަކީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ. ފަސް އަހަރަށް ބަހާލައިފިއްޔާ އެއީ އަހަރަކަށް އެންމެ އަށް މިލިއަން ރުފިޔާ. ދިވެހި ރައްޔިތެއްގެ ބޮލަކަށް ޖެހޭ ވަރަށް ބަލައިފިއްޔާ މި ސަލާމަތް ކުރެވެނީ އެންމެ ފަސް ލާރި،" އަންޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ފައިދާާ ކުރަނީ ދިވެހި ރައްޔިތުންނަށް ނޫން ކަމަށާއި އޭގެ ފައިދާ ކުރަނީ "ސިޔާސީންނަށް" ކަމަށެވެ.
ބޮޑު ހަރަދެއް ސަލާމަތްވާ ކަމަށް ބުނެ ދައްކަނީ ބުހުތާނު ދޮގު: އަންޑޭ
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން