ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް ރާއްޖެ ގެންނަން ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ މިހާރު ރާއްޖެއަށް އައިސްފައި ޓެކްސީތަކަކީ އެ މަސައްކަތް ކުރުމަށް ބޭނުންކުރާ ޓެކްސީތަކުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިންގައި ބޭނުން ކުރުމަށް ޖުމްލަ 150 ކާރު ބޭނުންކުރާނެ ކަމަށެވެ.
އެގޮތުން މިއަދު ރާއްޖެ ގެނެސްފައި ވަނީ މީގެތެރެއިން 60 ކާރެވެ. ބާކީ ކާރުތައް އަންނަ އާދީއްތަ ދުވަހު ރާއްޖެ ގެނެވޭވަރު ވާނެ ކަމަށްވެއެވެ. އަންނަ އާދީއްތަ ދުވަހު 90 ކާރު އަންނާނެއެވެ.
މީޑިއާތަކާއި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ކުރަން ޑްރައިވަރުން ތައްޔާރު ކަމަށެވެ. އަދި ޑްރައިވަރުންގެ ތަމްރީނުތައް ވެސް ހަދާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ގެނެސް އެމްޕީއެލް ސަރަހައްދުގައި ހުރީ ބަހައްޓައިފައެވެ. ކާރުތަކުގައި އެމްޓީސީސީގެ ލޯގޯ އާއި ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރުވެސް ޖަހާފައިވެއެވެ.
އެމްޓީސީސީގެ ދަށުން އެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެ ކުންފުނިން ނިންމާފައި ވަނީ ޓެކްސީ ލައިންގެ ދާއިމީ ޑްރައިވަރުން ހާއްސަ ޔުނިފޯމެއްގައި ތިބޭ ގޮތަށެވެ. ޕާޓް ޓައިމް މުވައްޒަފުން ތިބޭނީ ވެސްޓު ލައިގެންނެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން