ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓޭޖެއް ޒުވާނުންނަށް ހާއްސަ ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ނެގުމަށް ނިންމާފައިވާ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ނިމުމުން ދައުލަތުގެ އެކިއެކި ކަންކަމަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ފައްޓަވާނެ ކަމަށެވެ.
މީގެތެރޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަން ހުއްޓުވޭނެ ގޮތަކާއި މެދު މަޝްވަރާ ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސްގެ ކަމުގެ ހުވާކުރައްވާ ދުވަސް ނޮވެމްވަރު 17 އިން 11 އަށް އަލުން ބަދަލުކުރުމާއި ރިޔާސީ އިންތިހާބުގެ ވޯޓު އެއް ބުރުން ނިމޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށްވެސް ނިންމާފައިވާ ރައީސް ވިދާޅުވިއެވެ.
"އެއް ކަމަކީ [މަޖިލިސް މެމްބަރުންގެ] ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެތެރެއިން ވަކި ބައެއް އަންހެން ކަނބަލުންނަށް ކަނޑައެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ