މާލެ ސިޓީ ކައުންސިލްގެ އެންމެ ފުރަތަމަ މޭޔަރުކަމުގައި ހުންނެވި އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އާދަމް މަނިކު މިކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި މޫސާ އަލީ ޖަލީލާއެކު ހުންނަވާ މީޑިއާއާ ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ސަރުކާރާ ގުޅިފައިވާ މޭޔަރު ހުންނަވައިގެން ނޫނީ ކަންކަން ނުކުރެވޭނެ ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ މަގުތައް ހެދުމާއި ގެދޮރު އެޅުން ފަދަ ކަންކަމަކީ ސިޓީ ކައުންސިލަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކަމަކީ ސަރުކާރަށް ކުރެވޭނެ ކަންކަން ކަމަށެވެ. ގާބިލްކަމާއި ފައިސާ ވެސް އޮންނާނީ ސަރުކާރުގައި ކަމަށާއި މާލެއަށް ކަމެއް ކުރެވޭނެ ކަމަށްވާ ނަމަ ކުރެވޭނީ ސަރުކާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާދަމް މަނިކުގެ ވާހަކަފުޅުގައި މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށް ވިދާޅުވިއެވެ.
އާދަމް މަނިކަކީ މާލޭގެ އެންމެ ފުރަތަމަ މޭޔަރެވެ. ނަމަވެސް އެއީ ގާތްގަނޑަކަށް ފަސް ވަރަކަށް މަސް ދުވަހަށެވެ. ދައުރު ހަމަވުމުން ސިޓީ ކައުންސިލްގެ މެންބަރުކަން އޭނާ ވަނީ ކުރައްވައިފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން