ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގަތީ 11 ކިލޯގެ މަސްތުވާތަކެއްޗެވެ.
ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ.
އަދި އެތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކަކީ ކޮބައިކަމެއް ކަސްޓަމްސް އިން ވެސް އަދި ކަމާގުޅުންހުރި އެހެން އިދާރާއަކުން ވެސް ހާމައެއް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ