މައިންބަފައިންގެ ހައްގުތައް އަދާކޮށް ރަހިމުގެ ގުޅުން ދެމެހެއްޓުމަށް ފިތުރު އީދުގެ ހުތުބާގައި މިއަދު ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރެވިގެންދިޔަ އީދު ނަމާދަށްފަހު އިއްވި ހުތުބާގައި ބުނީ މުސްލިމުން އެންމެ ފުރަތަމަ އަދާކުރަން ޖެހޭނީ މާތްﷲ އަށް އަޅުކަން ކުރުން ކަމަށެވެ. ދެވަނަ އަށް އަދާކުރަންޖެހޭނީ މައިންބަފައިންގެ ހައްގުތައް ކަމަށްވެސް ބުންޏެވެ. ހުތުބާގައި ތިންވަނަ ކަމަކަށް އިޝާރާތް ކުރީ ރަހިމުގެ ގުޅުން ދެމެހެއްޓުމަށެވެ.
އީދު ދުވަހު ކޮންމެ މީހަކުވެސް އެ މީހެއްގެ މޫނުމަތިން ވެސް އުފާވެރިކަން ފާޅުކުރަން ޖެހޭކަން ހުތުބާގައި ބުންޏެވެ. މީގެއިތުރުން ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތަކުން ހަދިޔާ ބަދަލުކުރުމަށާއި އަދި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނު ކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސްކަންވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
އީދުގެ އުފާފާޅު ކުރާއިރު ޝަރުއީ މިންގަނޑުގައި ހިފެހެއްޓުމަށްވެސް ހުތުބާގައި ގޮވާލިއެވެ. އަދި އިސްލާމީ ސަގާފަތާއި ބީރަށްޓެހި ކުޅިވަރުތަކުން ދުރުހެލިވުމަށް ވެސް ހުތުބާގައި ގޮވާލިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ