ޑިމޮކްރަސީ އަގުހެޔޮ ކުރުމަށް ކުރާ މަސައްކަތުން އަމިއްލަ ހާލަތު ދާނީ ދަށަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ބ. ތުޅާދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ބައެއް މުއްސަނދި ގައުމުތަކުގައި ކޮންމެ މަހަކު ކަހަލަ ގޮތަކަށް ފެންނަ ނުފެންނަ ވޯޓެއް ނަގާ ރައްޔިތުން ގާތަށް ދާން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ވެރިކަން ހިންގުމަށް ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅެފި ނަމަ އެއީ ރައްޔިތުންގެ އަމިއްލަ ހާލަތު ނިކަމެތި ކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ މެދުގައި ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓެއް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ނެގުމަށް ނިންމާފައިވާއިރު ނަޝީދު އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް މި ފަހަކަށް އައިސް ވާހަކަދައްކަވަމުންނެވެ.
އެންމެ ފުރަތަމަ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަޝީދު ތާއީދު ކުރެއްވި ނަމަވެސް މިހާރު އެމަނިކުފާނު ތާއީދު ކުރައްވަނީ އަދި ވަކާލާތު ކުރައްވަނީ ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަށެވެ. އަދި އެކަމާއި މެދު އަލުން ވިސްނުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް