"މަސްޖިދުއްޒިކުރާ" މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް ބިނާ ކުރަނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެ މިސްކިތް ބިނާ ކުރަނީ ތިން ފަންގިފިލާއަށެވެ.
އެ މިސްކިތުގައި އަރާ ފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. އަދި އެ މިސްކިތް ވެގެންދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މި
ޒިކުރާ ސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ