މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަމުގައި ބަޔަކު ސްކޭމެއް ހިންގަމުން އަންނާތީ އެކަމަށް ސަމާލުވާން އޭނާ އެދިއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ އޭނާގެ ނަމުގައި "ރަމަޟާން ކޭޝް ސަޕޯޓް" ގޮތުގައި ފަންސާސް ހާސް ރުފިޔާ ލިބޭ ފުރުސަތެއް ކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެއް ކަމަށެވެ.
"އަޅުގަނޑުގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ [ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް] ލިބޭ ފުރުސަތެއް ކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލް މީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ އަޅުގަނޑާއި އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެކެވެ" މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެފަދަ ސްކޭމަރުންގެ ސަބަބުން އެތަށް ބައެއްގެ ވަގުތު ބޭކާރުވެ، އެތަށް ބަޔަކަށް ދެރަ ނިކަމެތި ގޮތް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ