އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް އިސްލާމިކް މިނިސްޓްރީން ދީފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އދ. މާމިގިލީގައި ބޭއްވުނު ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށާއި އެ ތަމްރީން ޕްރޮގުރާމުން 26 ހަތީބުން ސަނަދު ހާސިލް ކޮށްފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ހަތީބުން ތަމްރީންކުރެވިފައިވާއިރު އެ މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީން ކުރުމެވެ.
ދާދިފަހުން މާލޭގެ ގިނަ މިސްކިތްތަކެއްގައި އިމާމުވެ ގިނަ އަދަދެއްގެ ޒުވާން ހަތީބުން ވަނީ ހުކުރު ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެއީ ތާރީހީ ދުވަހެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
ޒުވާން ހަތީބުންނަށް އެ ފުރުސަތު ދިނީ ޒުވާނުންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީކަންކަން ހިންގުމާއި އިސްލާމީ ހިދުމަތުގައި އެ ޒުވާނުންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަގީން ކޮށްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ