ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ މެދުގައި ނެގުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މި ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭ ބިލު މިހާރު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. ނަމަވެސް، މި އިސްލާހު ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނެވޭ އެއްވެސް އިސްލާހަކީ، އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ބައިވެރިވާ ފުރިހަމަ މަޝްވަރާތަކަކަށްފަހު ކުރެވޭ ކަމަކަށް ވާންޖެހޭ ކަމަށެވެ.
"ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް އަޅުގަނޑު ދިވެހި ސަރުކާރަށް އިލްތިމާސްކުރަމެވެ،" ނަޝީދު ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި އަދި އެމްޑީއޭ އިން ވަނީ ސަރުކާރުގެ ނިންމުމަށް ތާއީދު ކޮށްފައެވެ. ނަމަވެސް އެކަމާއި ދެކޮޅަށް ހާއްސަ ހަރަކާތެއް ސިޔާސީ ބައެއް ފަރާތްތަކުންނާއި ގާނޫނީ ދާއިރާގެ ބައެއް ފަރާތްތައް އިސްވެގެން އަންނަނީ ހިންގަމުންނެވެ.
މީގެއިތުރުން ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ ހައިކޯޓަށް ވަގުތީ އަމުރަކަށް އެދި ހުށަހަޅައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް