ހަޔާތް ބާއްޖަވެރި ކުރުވޭނެ ގޮތަށް ދިރިއުޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިލްތިމާސް ކުރައްވަވައިފިއެވެ.
ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ނިންމައިފައެވެ. މި ރޯދަމަހު މަޖިލީހުން ބޭއްވީ އެންމެ ޖަލްސާއެކެވެ. އެއީ މިއަދު ބޭއްވި ޖަލްސާއެވެ.
އެ ޖަލްސާ ނިންމާލައްވަމުން އަބްދުއްރަހީމް ވަނީ ފަހު 10ގެ ބޭނުން ހެޔޮ ގޮތުގައި ރޯދަ ހިފުމާއި ގުރުއާން ކިޔެވުމުގައި ފަރުވާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަދި ހުރިހާ ފަރާތްތަކަށް ވެސް އުފާފާގަތި ދުވަސްތަކަކަށް އެދިލައްވާ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި