މިއަދު މާލޭގެ ހުރިހާ މިސްކިތްތަކެއްގައި އިމާމުވެ ހުކުރު ކުރެއްވީ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން މާލޭގެ އެންމެ ބޮޑު މިސްކިތްތައްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން 26 މިސްކިތެއްގައި މިއަދު ޒުވާން ހަތީބުން އިމާމުވެ ވަނީ ހުކުރު ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒުވާން ހަތީބުންނަށް މި ފުރުސަތު ދޭން ނިންމާފައިވަނީ ޒުވާނުންގެ ލީޑާޝިޕް ބަލައިގަންނަކަމާއި އިސްލާމީކަންކަން ހިންގުމާއި އިސްލާމީ ހިދުމަތުގައި އެ ޒުވާނުންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަގީން ކޮށްދިނުމަށް ކަމަށެވެ.
އަދި މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒުވާން ޖީލު ބިނާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅަށް ބާރު ދިނުމުގެ ގޮތުން ކުރެވިގެންދާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ހަތީބުން ތަމްރީންކުރެވިފައިވާއިރު އެ މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީން ކުރުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ