ވައި ނުސާފުވުން މިއަދު މުޅި ރާއްޖެ އަށް ކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ އެންމެ ބޮޑަށް ދުންފުހުގެ އަސަރު ކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އެގޮތުން އުތުރުގެ ރަށްތަކަށް ދުރު ފެންނަ މިންވަރު ދެ ކިލޯ މީޓަރަށްވުރެ ދަށުން އަންނަނީ ރިޕޯޓު ކުރަމުންނެވެ.
މެޓުން ބުނީ ކުރިޔަށް އޮތް ފަސް ދުވަހަށް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށެވެ. އެހެންކަމުން ގިނަ ވަގުތު ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ހިރަފުހާއި ދުމެވެ. މި ހިރަފުހާއި ދުމަކީ އަވަށްޓެރި ގައުމުތަކުން ހާއްސަކޮށް އިންޑިއާ ހިމެނޭ ސަރަހައްދުން އަންނަ ހިރަފުހާއި ދުމެވެ. ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ