ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ބަޔާން ކުރައްވާފައިވާ ރިފަރަންޑަމް ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.
އެމްޑީޕީން އެދުނީ ފެންނަ ނުފެންނަ ވޯޓު ނެގުން ފަސް ކޮށްދިނުމުގެ އަމުރެއް ނެރެ ދިނުމަށެވެ. އެ ޕާޓީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކޮށްފައިވާ އުސޫލުތަކާ، ވޭތުވެދިޔަ ހަފުތާގެ ހޯމަ ދުވަހު ނެރުއްވި ގަރާރު ހިލާފުވާ ކަމަށެވެ.
އެގޮތުން، އެ ގަރާރު އެކުލަވާލާފައިވަނީ ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނަށް ގެނެވުނު އިސްލާހުތަކާ ފުށުއަރާ ގޮތަށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި ސަބަބުތަކަށްޓަކައި، އެ ގަރާރަކީ ގާނޫނީ ބާރުވެރިކަމެއް ނެތް އެއްޗެއް ކަމަށް ކަނޑައަޅައި ބާތިލްކުރުމަށް އެދި ޖުޑީޝަލް ރިވިއުގެ ދަށުން ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ޝަރުއީ ގޮތުން ވަކި ގޮތެއް ނިމެންދެން، ވޯޓާ ގުޅުންހުރި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެ ފަރާތުން ވަނީ އެދިފައެވެ.
ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ތަސްދީގުކޮށް ފާސްކޮށްފައިވަނީ މި ހިނގާ މަހުގެ 10 ވަނަ ދުވަހުއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް