ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގެ ވައިގެ ފެންވަރު އެހެން ދުވަސްތަކަށްވުރެ ދަށުގައި ހުރުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރެޑް އެލާޓު ނެރެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ބޮޑު ސަރައްހަދުތަކަށް ދުންފުހުގެ އަސަރުކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނޫ އިލްތިމާސް ކޮށްފައެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. ވިލިމާލެ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 154ގައެވެ.
ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގެ މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ހިރަފުހާއި ދުމެވެ. މި ހިރަފުހާއި ދުމަކީ އަވަށްޓެރި ގައުމުތަކުން ހާއްސަކޮށް އިންޑިއާ ހިމެނޭ ސަރަހައްދުން އަންނަ ހިރަފުހާއި ދުމެވެ. ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް